



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބު ، އޭބުޅާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔަާތު އޮތީ ޗައިނާގެ ރިޔާސީ ގަނޑުވަރު ގްރޭޓް ހޯލް އޮފް ދަ ޕީޕަލް އިން ބެއިޖިންގ ގައި އެވެ.
ދިވެހިރާއްޖެއިން ޗައިނާގެ ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ ފަޒީލް ހަވާލުވެވަޑައިގަތުމުން އެ ބޭފުޅާއަށް ރައީސް ޝީ މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާއި ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ރައީސަށް ވިދާޅުވިއެވެ.
ސަފީރު ފަޒީލް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ދިވެހިރާއްޖެ އާައި ޗައިނާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޝީ އަށް އަރުވާފައި އެވެ.
ޗައިނާގައި ހުންނަވާ ސަފީރަކަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެވެ.




.jpg?w=3840&q=75)

-1781254173522.jpeg?w=3840&q=75)

