



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
އަޒަރުބައިޖާން އެއާލައިނުން މުޅިން އަލަށް ރާއްޖެއަށް ދަތުރުތައްފަށަން ނިންމައިފި އެވެ.
މިކަން ހާމަކޮށް އަޒަރުބައިޖާން އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަޒަރުބައިޖާންގެ ވެރިރަށް, ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާއިރު އެއީ އެ އެއާލައިންގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
މި ދަތުރުތައް އަޒަރުބައިޖާން އެއާލައިނުން ފެށުމަށް ތައްޔާރުވަމުން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެގޮތުން ރާއްޖެއަށް ކުރާ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ހުކުރު އަދި އާދީއްތަ ދުވަހުއެވެެ.
މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ. މި ރޫޓުގެ ދެކޮޅު ޓިކެޓުގެ އަގަކީ 633 ޑޮލަރެވެ.
އަޒަރްބައިޖާން އެއާލައިނުން މިހާރު ވެސް އަންނަނީ ދުނިޔޭގެ މަޝްހޫރު ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބެއިޖިން، ލަންޑަން، ބާސެލޯނާ، ޕެރިސް އަދި މިލާން ފަދަ ސިޓީތައް ހިމެނެ އެވެ.




.jpg?w=3840&q=75)



