

.jpeg?w=3840&q=75)



.jpeg?w=3840&q=75)

--
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ހޯދުމަށް އެކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސް ސުޒާން ކެރީރާއާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޝްވަރާކުރައްވައިފި އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ ފޮޓޯތަކާއި އެކު މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޝްވަރާ ކުރެއްވީ ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ކަމަށެވެ.
އެގޮތުން ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ރާއްޖޭގެ އީ-ކޮމާސްއަށް އެހީތެރިވުމުގެ ގޮތުން ޕޭޕަލްގެ ޕްރެޒިޑެންޓް ފޮރ ގްލޯބަލް މާކެޓިން އާ އެކު މުހިންމު މަޝްވަރާއެއް ކުރެއްވުނު ކަމަށް ސައީދު ވިދާޅުވިއެވެ.
އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކުވެސް މިނިސްޓަރު ސައީދު ވަނީ މަޝްވަރާތައް ކުރައްވާފައި އެވެ. ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެލެއްވި ރިޔާސީ ވައުދުފުޅެކެވެ.
ޕޭޕަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމެކެވެ.


.jpeg?w=3840&q=75)



.jpg?w=3840&q=75)
