
.jpeg?w=3840&q=75)






ގދ. ގައްދޫގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ގާފު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާއާއި ރޭޕްކުރި ފިރިހެން މީހާއަކީ ގދ. ތިނަދޫއަށް ނިސްބަތްވާ ދެމީހުންނެވެ. އެއް އޮފީހެއްގައި މަސައްކަތްކުރާ އެދެމީހުން ގައްދޫއަށް ކުރި ދަތުރަކީ އޮފީސް ދަތުރެެއް ކަމަށް މައުލޫމާތުލިބެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާ ސުވާލުކޮށްލުމުން, ފުލުހުން ބުނެފައިވަނީ, ގދ. ގައްދޫގައި 18 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

.jpeg?w=3840&q=75)


