



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.
މާލޭގެ ފިހާރައަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ, ގަލޮޅުގައި ހުންނަ އަލިޔާ މާޓް ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 05:50 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ގަލޮޅު ރެސްޕޯންސް އެންޑް ޕެޓްރޯލް އާއި އިންވެސްޓިގޭޝަން އިން ކުރަމުންދިޔަ މަސައްކަތުން މައްސަލަ ރިޕޯޓުކުރިތާ 2 ގަޑިއިރު ތެރޭގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އޭނާ އަތުން ސެންޓު ފުޅިއަކާއި މޮބައިލް ފޯނެއްގެ އިތުރުން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1205 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.




.jpg?w=3840&q=75)