
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ---
ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވާތްތައް ހޯދުމަށް ރަޖިސްޓްރީކުރަން ނުޖެހޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ބޭނުންވާ ގޭބިސީތަކުން ޕޯޓަލްއެއްގައި ރަޖިސްޓްރީވާންޖެހޭކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވަނިކޮށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން ހަދިޔާ ކުރާ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ނުވެ މާލޭގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ.
ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
.jpeg?w=3840&q=75)

.jpeg?w=3840&q=75)


.jpeg?w=3840&q=75)

.jpeg?w=3840&q=75)





.jpeg?w=3840&q=75)


