
EwXdhKrVEAIg4i3
ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމު ހުންނެވީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާރޓީ ( އެމްޑީޕީ ) އާއިއެކު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ކައުންސިލް އިންތިހާބުގައި ނައިބް ރައީސް އެމްޑީޕީއާއިއެކު ހުންނެވުމަކީ އެމަނިކުފާނު ދިވެހި ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ދަލީލެއް ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ނައިބް ރައީސްއަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އިން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދާ މަންޒަރެއް އަދި ނުފެނެއެވެ.
ފައިސަލް ވަނީ ރައީސް ނަސީދުގެ ޓުވީޓު ރިޓޫވީޓު ކުރައްވަމުން ރައީސް ނަޝީދާއި ބައްދަލުވެ ހިޔާލު ބަދަލު ކުރެއްވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް އިންތިހާބު ގައުމީ ވަންތަ ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އަލިވިލޭނީ މާއަލިގަދަ ފަތިހަކަށް ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނައިބް ރައީސް އަކީ އެމްޑީޕީ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

.jpeg?w=3840&q=75)



.jpeg?w=3840&q=75)




.jpeg?w=3840&q=75)





.jpeg?w=3840&q=75)