





.jpeg?w=3840&q=75)


firushan
ފިރުޝާން އަށް ޕްރޮސްތެޓިކް ފައެއް ޖެހުމަށް ހަރަދު ދޭނެކަމަށް އާސަންދައިން ބުނެފިއެވެ.
ދަތުރުގޮސް އުޅެނިކޮށް ގައިމައްޗަށް ފާރެއް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާގެ ފައެއް ޖެހުމަށް ބޭނުންވެގެން އާއިލާއިން އާމުންގެ އެހީއަށް އެދުމުން ގިނަ ބަޔަކު ވަނީ އާސަންދަ ކުންފުންޏަށް ފާޑުކިޔާފއެވެ. ފަހުން އެކުންފުނިން ފަހުން ވަނީ އެއަަށް ޖަވާބު ދީފައެވެ.
އެކުންފުނިން ބުނި ގޮތުގައި އެންސްޕާއަށް އެ އާއިލާ އިން ފިރުޝާންއަށް ފައެއް ޖެހުމަށް ހުށަހަޅާފައި ނުވެއެވެ. އަދި އެންސްޕާގައި އެދުމުން އެކަމަށް ބޭނުންވާ ހަރަދު އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ފިރުޝާން ގެ ފައި ބުރިކޮއްލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެތަށް ދުވަހަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފިރުޝާން ގެޔަށް ދޫކޮއްލާފައި ވަނީ މީގެ ދެތިން ދުވަސް ކުރިން ނެވެ. އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާގެ ގޮތުގައި އާއިލާގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެމުން އައީ ފިރުޝާނެވެ.








