








EE6BC6E3-5CC2-4FB4-9189-C4F7718EFFB1
ރާއްޖޭގެ ދެކުނަށް 35 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ މިރޭ 02:00 އާ ހަމައަށެވެ.
މިވަގުތު ތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެވެ. އަދި ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުންނާނޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.








