


.jpeg?w=3840&q=75)





Screenshot 2023-12-02 at 20.57.36
ފިލިޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ރޮއެޓާސްއިން ބުނާ ގޮތުގައި ފިލިޕީންސްގެ މިންޑަނާއޯއަށް ހޮނިހިރު ދުވަހު 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ވަނީ ބުނެފައި އެވެ. އަދި މި ބިންހެލުމާއި އެކު ސުނާމީ އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ފިލިޕީންސްއަށާއި ޖަޕާނަށް ދީފައެވެ.
ފިލިޕީންސްގެ ސިސްމޮލޮޖީ އެޖެންސީ ފިވޮލްކްސް އިން ބުނީ ސުނާމީ ރާޅުތައް ފިލިޕީންސަށް އަރާނީ މިރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އަދި އެތައް ގަޑިއިރަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޖަޕާނުގެ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ބުނީ ޖަޕާނުގެ ހުޅަނގު އައްސޭރިފަށަށް އެއް މީޓަރު (3 ފޫޓު) އުސް ސުނާމީ ރާޅުތައް ފޯރާނެ ކަމަށް ލަފާކުރެވެނީ ތަންކޮޅެއް ފަހުން މިރޭ ދަންވަރު ފަހު 1:30 ހާއިރު ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ...



.jpeg?w=3840&q=75)
