
photo_6242536258530293716_y
ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ގއ. ގެމަނަފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ގއ. ގެމަނަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ގެމަނަފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށެވެ.
އޭގެ އިތުރުންވެސް އެރަށުގައިވެސް ބޮޑެތި އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ގެމަނަފުށި ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލު އަޅައިދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓް އަޅައިދިނުމާއި، ކައުންސިލްގެ އާ އިމާރާތް އެޅުމާއި، އެރަށަށް މަސްކިރޭނެގޮތެއް ހަދައި މަސް ރައްކާކުރެވޭނެ ގޮތެއް ހަދައިދިނުން ހިމެނެއެވެ.












%20(2).jpeg?w=3840&q=75)



