
Fl8FsKtWAAAM5B9
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުޙަމަދު ސާލިޙު ކެމްޕެއިން ކުރެއްވުމަށް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ވަޑައިގެންފި އެވެ.

ނ. އަތޮޅުގައި ކެމްޕެއިން ކުރެއްވުމަށްފަހު ރައީސް ސާލިހު ޅ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޅ. އަތޮޅު ކުރެންދޫ އާއި އޮޅުވެލިފުށްޓަށެވެ.
ރައީސް ކުރެންދުއަށް ވަޑައިގެންނެވުމުން އެރަށުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ވަނީ ރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ، ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަވާފައެވެ. އަދި ރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.
އެއަށްފަހު ރައީސް ވަނީ ޅ. އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.
މިމަހުގެ 28ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހުއާ ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެވެ. މި ދެބޭފުޅުންވެސް އަންނަނީ ފޯރިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭންކުރައްވަމުންނެވެ.
ގުޅުންހުރި

ކެމްޕޭނަށް ރައީސް ޅ. އަތޮޅަށް!

ޕްރައިވެޓް ސެކްޓަރުން ގެންނަ ސިނާއަތަށް ސަރުކާރުން ނުވަނުމުގެ ނަތީޖާ ރަނގަޅު - ރައީސް

ތަރައްޤީއަށް ފަށާފައިވާ މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން - ރައީސް
