logoEN
Sto top
ސަރުކާރުން އުޅެނީ ނޫސްވެރިކަން މަރާލަން، ބިލު ބޭރުކުރޭ - ސޯލިހް

ސަރުކާރުން އުޅެނީ ނޫސްވެރިކަން މަރާލަން، ބިލު ބޭރުކުރޭ - ސޯލިހް

އަހުމަދު ޝުރާއު

logo

9/1/2025, 6:43:54 PM

# އިބްރާހިމް މުހައްމަދު ސޯލިހް

-

މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށާއި އެއީ ނޫސްވެރިކަން މަރާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ސޯލިހް މިފަދައިން ވިދާޅުވީ މިރޭ އެމްޑީޕީން ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ސޯލިހް ވިދާޅުވީ މިއަދު ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއް ކަމަކީ ނޫސްވެރިކަން ނައްތާލުމަށްޓަކާ ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށާއި އެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް މުޅި ނޫސްވެރިކަން ގެނައުން ކަމަށެވެ. އަދި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން ކަމަށެވެ. ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގައި އޮތް އެންމެ މިނިވަން ބާރު ކަން ފާހަގަކުރައްވައި ސޯލިހް ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަން ކަމަށާއި އެމްޑީޕީން މިއަދު އެކަންކަން ހުއްޓުވަން ނިކުންނަންޖެހޭ ކަމަށެވެ.

"އެއީ އިސްލާހު ކުރެވޭނެ ބިލެއް ނޫން. އެޔަކު އިސްލާހުކޮށްގެން ބޭނުން ހިފޭނެ ހަމަ އެންމެ ތަންކޮޅެއް ވެސް ނެތް،" ސޯލިހު ވިދާޅުވި އެވެ.

ނޫސްވެރިންނަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ތިން ބާރުވެސް ޖަވާބުދާރީ ކުރުވާ ބައެއް ކަމަށާއި ސަރުކާރުން އެ ހުރިހާ ބާރެއް މުށުތެރެއަށްލުމަށްފަހު މިހާރު މަސައްކަތް ކުރަނީ އެ ބާރުތައް ޖަވާބުދާރީކުރުވަން އޮތް ހަމައެކަނި ބާރު ނައްތާލަން ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

އެހެންވެ، އެ ބިލު އަނބުރާ ގެންދަން ސޯލިހް ގޮވާލެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC