logoEN
WAMCO TOP 1
ސޯބެ މަޖިލީހަށް ވަޑައިގަތުމަކީ އެމްޑީޕީ ޕީޖީ ގްރޫޕަށް ލިބުނު ބޮޑު ބާރެއް – ޞާލިޙް

ސޯބެ މަޖިލީހަށް ވަޑައިގަތުމަކީ އެމްޑީޕީ ޕީޖީ ގްރޫޕަށް ލިބުނު ބޮޑު ބާރެއް – ޞާލިޙް

އަހުމަދު ޝުރާއު

logo

6/6/2026, 3:24:00 PM

# އިބްރާހިމް މުހައްމަދު ސޯލިހް

-

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައީސް ޞާލިޙް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯބެ މަޖިލީހަށް ވަޑައިގަންނަވަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މަޖިލީހަށް ތިޔަފަދަ ބޭފުޅުންގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ޞާލިޙް ފާހަގަކުރެއްވީ، އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން އެދަނީ މި ސަރުކާރަށް "ނޫނެކޭ" ބުނަމުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕޯސްޓް ނިންމަވާލައްވަމުން ރައީސް ޞާލިޙް ވަނީ ސޯބެއަށް މަޖިލީހުގައި ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.

މިއަދު ބޭއްވުނު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ މައްޗަށް ކުރިހޯއްދަވައި، ސޯބެ ވަނީ މަޖިލީހުގެ މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC