
Afghanistan-tunnel1671371212-0
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އުތުރުން އޮންނަ ޓަނަލެއްގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން 19 މީހުން މަރުވެ 32 މީހުން ޒަޚަމްވެއްޖެ އެވެ.

ކާބުލްގެ އުތުރުން ގާތްގަނޑަކަށް 80 މޭލު ދުރުގައި އޮންނަ ސަލަންގް ޓަނަލް އަކީ 1960 ގެ އަހަރުތަކުގައި ސޯވިއެޓް ހަމަލާއަށް އެހީވުމުގެ ގޮތުން ހަދާފައިވާ ޓަނަލެކެވެ. މިއީ އެ ގައުމުގެ އުތުރާއި ދެކުނުގެ މުހިންމު ގުޅުމެކެވެ.
ޕަރްވާން ޕްރޮވިންސްގެ ތަރުޖަމާނު ހިމަތުالله ޝަމީމް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ހިނގި ޓަނަލް ގޮވުމުގެ ހާދިސާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 19 މީހުން މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު އަދިވެސް ތާށިވެފައި ކަމަށާއި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ސާފުވެފައިނުވެއެވެ.
ޕަރްވާންގެ ހެލްތު ޑިޕާޓްމަންޓުން މިހާތަނަށް 14 މީހުން މަރުވެ 24 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލް ޑރ އަބްދުالله އަފްޣާން ވިދާޅުވި އެވެ. މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ދެ ކުޑަކުދިން ހިމެނޭ ކަމަށާއި ބާކީ ތިބި މީހުންނަކީ ވަރަށް ބޮޑަށް އަނދާފައިވާ އަދި ދެނެނުގަނެވޭނެ ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގެ ތަރުޖަމާނު މޮލްވީ ހާމިދުالله މިސްބާހު އާދީއްތަ ދުވަހު ވިދާޅުވީ އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށާއި އަދިވެސް ޓީމްތަކުން ޓަނަލް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި
.png&w=3840&q=75)
އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި 150 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
