
އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އަފްޣާނިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އަފްޣާނިސްތާނުގެ އުތުރުގައި ފެންބޮޑުވެ 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ތާލިބާނުންގެ ދާޚިލީ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާގެ ތަރުޖަމާނު އަބްދުލްމަތީން ކާނީ ބުނީ ފެންބޮޑުވުމުގެ ހާދިސާތަކުގައި 153 މީހުން މަރުވެފައިވާއިރު, ޒަޚަމްވި މީހުންގެ އަދަދު 138 އަށް އަރާ ކަމަށެވެ.
އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ބަގްލާން ޕްރޮވިންސްގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އެ ޕްރޮވިންސްގައި 1،000 އަށް ވުރެ ގިނަ ގެތައް ހަލާކުވެފައިވާ ކަމަށެވެ.
ޑަބްލިއުއެފްޕީން ބުނީ ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށްދެމުންދާ ކަމަށެެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމަށް ކުރާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު, މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.
ގުޅުންހުރި
.png&w=3840&q=75)
އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި 150 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
