
އަފްޣާނިސްތާނުގެ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
# އަފްޣާނިސްތާން.
އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީގެ ބޭންކެއްގެ ކުރިމަތީގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ 12 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުންނާއި އޮފިޝަލުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ދިން މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލަށް ފޮނުވި މެސެޖެއްގައި އުފުލާފައެވެ.
ބުރާސްފަތި ދުވަހު ހެނދުނު 08:00 އެހާކަންހާއިރު ބޮން ގޮއްވާލާފައިވަނީ ސެންޓްރަލް ކަންދަހާރު ސިޓީހައު ހުންނަ ނިއު ކާބުލް ބޭންކްގެ ބްރާންޗު ކުރިމަތީގައި މަޑުކޮށްލައިގެން ތިބި ބަޔަކަށް އަމާޒުކޮށްގެންނެވެ.
އެ ގައުމުގެ ފުލުހުންނާއި ތާލިބާނުންގެ އޮފިޝަލުން ބުނީ އެ ހާދިސާގައި ތިން މީހަކު މަރުވެ 12 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދިން ހޮސްޕިޓަލެއްގެ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އެއަށްވުރެ ގިނަ ކަމަށެވެ.
އެގޮތުން މި ހަމަލާގައި މަރުވި 290 މީހަކު މިރްވައިސް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާތަކަށް މައުލޫމާތު ދިން އޮފިޝަލް ބުނެފައިވެއެވެ.
ގުޅުންހުރި
.png&w=3840&q=75)
އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި 150 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
