logoEN
cocacola
އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް

އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް

އައިޝަތު އިފާޝާ

logo

5/13/2024, 5:06:15 PM

# އަފްޣާނިސްތާން

އަފްޣާނިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދެއް

އަފްޣާނިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފިއެވެ.

ގޮސިޔާ

އދ.ގެ އެޖެންސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)ގެ ކޮމިއުނިކޭޝަން އޮފިސަރަކުނެރުނު ބަޔާނެއްގައި ވިދާޅުވީ އަފްޣާނިސްތާނުގް ބަދަޚްޝާން، ގޯރް، ބަގްލާން އަދި ހެރާތު ޕްރޮވިންސަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގާތްގަނޑަކަށް 2،000 ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ.

"އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން، ބަގްލާންގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، 1000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައި،" ޑަބްލިއުއެފްޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އަދި މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޑަބްލިއުއެފްޕީން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ހަތް ޕްރޮވިންސެއްގައި ފެންބޮޑުވުމާ ގުޅިގެން އިމަޖެންސީ ރެސްޕޮންސް ތައްޔާރުކުރަމުން އަންނަ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރުސީ) އިން ބުނީ ހިދުމަތް ނުލިބި "އެތައް ހާސް" ބަޔަކު ތާށިވެފައިވާ ކަމަށެވެ.

އައިއާރްސީ އަފްޣާނިސްތާނުގެ ޑިރެކްޓަރު ސަލްމާ ބެން އައިސާ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތު އުފެދިފައިވާ ކަމަށާއި، މިއަހަރުގެ ކުރީކޮޅު އައި ބިންހެލުމާއި މާޗް މަހު ވެސް ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ހަ ލައްކަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިން ކަމަށް ސޭވް ދަ ޗިލްޑްރަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވާއިރު، ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އެހީތެރިވުމަށް މޯބައިލް ހެލްތު އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޓީމްތަކާއެކު "ކްލިނިކް އޮން ވީލްސް" އެއް ފޮނުވަމުން އަންނަ ކަމަށް ސޭވް ދަ ޗިލްޑްރަންގެ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ