
madaveli
ގދ.މަޑަވެލިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މަޑަވެލި ކައުންސިލުން ހާމަ ކުރާ ގޮތުގައި، ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވެގެން ހެދި ޓެސްޓްގެ ނަތީޖާ އިން ކަމަށް ކައުންސިލުން ބުނެއެވެ.
ކަރަންޓީނުގައި ހުރި މީހަކު ފައްސިވުމާއި ގުޅިގެން އެރަށު ހެލްތު ސެންޓަރ އިން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުންނެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް މަޑަވެލި ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް މަޑަވެލި ހެލްތު ސެންޓަރ އަށް ގުޅުވުއްމަށްވެސް ކައުންސިލުން އެދެއެވެ.
ގުޅުންހުރި

މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި
