logoEN
cocacola
"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

އަލްފާ އަލީ

logo

8/11/2024, 6:25:50 AM

# ގދ.މަޑަވެލި# މަޑަވެލި ސްކޫލް# ފުލުހުން

--

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފިއެވެ.

ގޮސިޔާ

މަޑަވެލި ޕޮލިސް ސްޓޭޝަނުން އޮގަސްޓު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މައިންބަފައިންނާއި ދަރިންގެ މެދުގައި ދިމާވާ މައްސަލަތައް، ދެމަފިރިންގެ މެދުގައި ދިމާވާ މައްސަލަތައް އަދި އާއިލާ މީހުންގެ މެދުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލު ހޯދުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

ބެލެނިވެރިން ތިން ގުރޫޕަކަށް ބަހާލައިގެން ވޯކްޝޮޕެއް ގޮތަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އެ މައުލޫތަކަށް ބައިވެރިންގެ މެދުގައި ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ސެޝަނަކީ މަޑަވެލި ޕޮލިސް ސްޓޭޝަނުގެ އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރަށު ކައުންސިލާއި ސްކޫލު ގުޅިގެން، މަޑަވެލީގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލާ ތެރޭގައި ދިމާވާ މައްސަލަތައް މަދުކުރުމަށް ފަށާފައިވާ ‘’ރަނގަޅު ޖީލެއް ބިނާކުރުން'' ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ