
މަޑަވެލި ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ސިފައިން ފަށައިފި
# ދިވެހި ސިފައިން# ގދ.މަޑަވެލިސިފައިން މަޑަވެލީގައި ފެށި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް
ގދ.މަޑަވެލި ކައުންސިލާއި، ވިމެންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގދ.މަޑަވެލި ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހުގެ 12 އިން ޖޫން 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ސްކޫލުގެ 57 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގައި ފްލޯޓްކުރާނެ ގޮތާއި، ކިކްޖަހާނެ ގޮތާއި، ތަފާތު ވައްތަރުގެ ސްޓްރޯކްތައް ބުނެދިނުމުގެ އިތުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބުނެދީ ފެތުމާގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވިގެންދާނެއެވެ.
މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.
ގުޅުންހުރި

ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން: 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި

އަލިފާނުގެ ހާދިސާގައި ހިޔާ ފްލެޓަކަށް ބޮޑެތި ގެއްލުންތަކެއް!

އައްޑޫ ކައިރިން ދަތުރުކުރި ބޭރުގެ މުދާއުފުލާ ބޯޓެއްގެ ބަލިމީހަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެދީފި




