logoEN
cocacola
މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ކުރިއާއި އަޅާބަލާއިރު އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ކުރިއާއި އަޅާބަލާއިރު އިތުރުވެއްޖެ

އައިޝަތު އިފާޝާ

logo

12/3/2022, 4:30:14 PM

# ރާއްޖޭގެ ފަތުރުވެރިކަން

tourists-1024x683-672x428

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު %6.5 އިތުރުވެއްޖެއެވެ. 2021 ވަނަ އަހަރަށްވުރެ ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ މަހު ވަނީ %1.5 އިތުރުވެފައެވެ.

ގޮސިޔާ

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 1،491،236 (އެއް މިލިއަން ހަތަރުލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ތިރީސް ހައެއް) ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު %6.5 ކުރިއެރުމެކެވެ. އަދި 2021 ވަނަ އަހަރާއި އަޅާބަލާއިރު %1.5 ކުރިއެރުމެކެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެ އައިސްފައިވަނީ 137،921 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެ އައިސްފައިވަނީ 144،725 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 ޤައުމު:

އިންޑިއާ: 209،725 ފަތުރުވެރިން

ރަޝިއާ: 182،337 ފަތުރުވެރިން

އިނގިރޭސިވިލާތް: 162،020 ފަތުރުވެރިން

ޖަރުމަނުވިލާތް: 122،449 ފަތުރުވެރިން

އިޓަލީ: 82،292 ފަތުރުވެރިން

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1197 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ މުޅި ޖުމްލަ 59،351 އެނދެވެ. ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

2019 ވަނަ އަހަރު ނިމުމުއިރު ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،702،887 (އެއް މިލިއަން ހަތްލައްކަ ދެ ހާސް އަށްސަތޭކަ އަށްޑިހަ ހަތެއް) ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 1،321،937 (އެއް މިލިއަން ތިންލައްކަ އެކާވީސްހާސް ނުވަސަތޭކަ ތިރީސް ހަތެއް) ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ