logoEN
WAMCO TOP 1
ޗައިނާ އާއި ރަޝިއާއިން ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެ

ޗައިނާ އާއި ރަޝިއާއިން ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެ

# ޗައިނާ# ރާއްޖޭގެ ފަތުރުވެރިކަން# ޓޫރިޒަމް މިނިސްޓްރީ# ރަޝިއާ

ފަތުރުވެރިން- ފޮޓޯ:ގާފު

ޗައިނާ އާއި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން މިއަހަރު އިތުރުވެއްޖެ އެވެ.

THE TRAVELLER AD

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މި ދެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން، މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައިވާ އަހަރެކެވެ.

މި ދެ ގައުމަކީ މިދިޔަ ދެ އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 2 ގައުމުގެ ގޮތުގައި ހިމެނޭއިރު، މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއަށް 1،173،922 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާއަޅާ ބަލާއިރު 4.7% ދަށް އަދަދެކެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޗައިނާއިން ރާއްޖެއަށް 195،363 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 170،210 ފަތުރުވެރިންނެވެ. މިއީ 14.7% އިތުރުވުމެކެވެ.

ދެވަނަ އަށް ކުރީގައި އޮތް ރަޝިއާ އިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިހާތަނަށް 167،314 އަށް އަރާއިރު، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 142،899 ފަތުރުވެރިންނެވެ. އެއީ 17% އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 834،816 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 262،171 ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 275،523 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 22،381 ފަތުރުވެރިންނެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ. ނަމަވެސް ވަކިވަކި މާކެޓްތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ކުރިއެރުން އައިސްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC