logoEN
Sto top
ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

3/6/2025, 8:12:09 AM

# ރާއްޖޭގެ ފަތުރުވެރިކަން

--

ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

Wamco

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެ ސަމިޓަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ސަމިޓެކެވެ.

މި ސަމިޓުގައި މިނިސްޓަރ ޠާރިޤް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ގޮތުގައި މިނިސްޓަރު ފާހަގަކުރައްވައެވެ..

E living
ކޮމެންޓް
E living
ފަހުގެ
HDC