logoEN
WAMCO TOP 1
ރާއްޖޭގައި ދުރުފެންްނަ މިންވަރު ދަށްވުން، މާ ދުރުގައި ތިބި ގައުމުތަކާ ގުޅުންހުރި ކަމެއް

ރާއްޖޭގައި ދުރުފެންްނަ މިންވަރު ދަށްވުން، މާ ދުރުގައި ތިބި ގައުމުތަކާ ގުޅުންހުރި ކަމެއް

އައިޝަތު އިފާޝާ

logo

12/1/2022, 1:39:39 PM

# މެޓް

Maldives_0000_Maldives_shutterstock_263883767

މިދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ޖައްވު ފުސްވެ، ދުރު ފެންނަ މިންވަރު ދަށްވުމަކީ މާ ދުރުގައި އޮތް ގައުމެއްގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ ކަމެއް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން މިދާ ދުވަސްވަރު، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން، ހާއްސަކޮށްް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްްވާ ކަމަށާއި، މިކަން ބޮޑަަށް ފާހަގަ ކުރެވޭނީ ޑިސެމްބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ.

ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެނުނު މަންޒަރެކެވެ. މިއީ ދުނިޔޭގެ ވައިގެ ނިޒާމާ ގުޅިފައިވާ ކަމެކެވެ. އަނެއްކާވެސް މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތައް ފެންނަނީ، ވައި ނުސާފުކޮށް ދުރު ފުސްކޮށެވެ. ފެންނަ ފެނުމަށް ހިރަފުސް ބޯވެ، ފުސްވަނީ ކަމަށް ފެނެއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ޖައްވު ފުސްމުގެ ޙާލަތު ދިމާވިއެވެ. އެފަހަރުވެސް މިކަން ދިމާވި އުތުރާ މެދުތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން އާއްމުކޮށް 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް، ޖައްވު ފުސްވުމާ ގުޅިގެން 4-5 ކިލޯމީޓަރަށް ދައްވިއެވެ.

ކޮމެންޓް
ފަހުގެ
HDC