logoEN
WAMCO TOP 1
ހދ އަތޮޅަށް ބިންހެލުމާއި ގުޅިގެން ލޮޅުމުގެ އަސަރު ކުރި

ހދ އަތޮޅަށް ބިންހެލުމާއި ގުޅިގެން ލޮޅުމުގެ އަސަރު ކުރި

އަހުމަދު ޝުރާއު

logo

5/27/2024, 5:14:57 PM

# މެޓް

ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް މިރޭ އައި ބިން ހެލުމާއި އެކު ހދ އަތޮޅަށް ލޮޅުމުގެ އަސަރު ކުރި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިރޭ ހދ އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އަދި މިގޮތުން ބެލި ބެލުމުން ހދ ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރާއްޖޭ ގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑްކުރެވިފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ.

ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައި އެވެ.

އަވަށްޓެރި އިންޑިއާގެ ސިސްމޮލޮޖީ އިދާރާއިން ބުނީ އަރަބި ކަނޑަށް މިރޭ ބިންހެލުމެއް އައިސްފައިވާ ކަމަށާއި އެ ބިންހެލުން އައިސްފައިވަނީ 4.5 މެގްނިޓިއުޑް ބާރުމިނުގައި ކަމަށެވެ. އަދި ބިންހެލުން އައިސްފައިވަނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެސިޓީއާއި 422 ކިލޯމީޓަރު ކައިރިއަށް ކަމަށެވެ.

މި ބިންހެލުން އައި ސަރަހައްދާއި އެންމެ ކައިރީ ރާއްޖޭގެ އުތުރުން ހއ ގެ ހުޅަނގު ބިތުގެ ރަށްތަކެވެ. އިންޑިއާގެ ސިސްމޮލޮޖީ އިދާރާގެ އިންޓެންސިޓީ މެޕުތަކުން ދައްކާގޮތުގައި ބިން ހެލުމުގެ އަސަރު އެރަށްތަކަށް ކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް
ފަހުގެ
HDC