
މޫސުން ގޯސް ދުވަހެއް
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޯލްޑީވްސް މެޓޮރޮލޮޖީ (މެޓް) އޮފީހުން ބުނެފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރިފައިވާ ކަމަށެވެ. އަދި އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓުން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ

އުތުރާއި މެދުރާއްޖެ ތެރެއަށް މާދަމާވެސް މޫސުން ގޯސް




