logoEN
WAMCO TOP 1
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވާރޭވެހުނީ އަލިފުށްޓަށް

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވާރޭވެހުނީ އަލިފުށްޓަށް

އައިޝަތު އިފާޝާ

logo

9/5/2022, 9:29:01 AM

# މޫސުން# މެޓް

6123F245-B5C7-49E5-AE46-800710838D00

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އަލިފުށްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

THE TRAVELLER AD

މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރިޕޯޓަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރާއްޖޭގެ އުތުރަށެވެ. އެގޮތުން ރ. އަލިފުށީގައި ގާއިމު ކުރެވިފައިވާ އޮޓަމެޓިކް ވެދަރ ސްޓޭޝަނުން 122.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، 94.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވި ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ފ. ބިލެއްދޫއަށެވެ. އަދި 3 ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެގޮތުން އެރަށަށް 87.8 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް ވަނީ ރިކޯޑުކުރެވިފައެވެ.

ރާއްޖެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން، ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ކަންކަން ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC