
viber_image_2022-11-28_15-36-26-542
މ. މުލި އަދި ހދ. ފިނޭ ގެ ބަނދަރު ތަރައްޤީކުރުމަށް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މ. މުލި ބަނދަރުގެ ރީކޮންސްޓްރަކްޝަން މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 65.5 މިލިއަން ރުފިޔާއިންނެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 213 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން، 89 މީޓަރ ރިވެޓްމެންޓް ޖެހުން، 479 މީޓަރ އެއްގަމު ތޮށި ޖެހުން، 467 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 100 އަކަ މީޓަރ ރޭންޕެއް ހެދުން، އެކްސެސް ޕްލެޓްފޯމް އެޅުން، 3 މީޓަރ ކޮންކްރީޓް ބްރިޖެއް ހެދުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 27 މަގު ބައްތި ހަރުކުރުން އަދި 2370 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ހދ. ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 47.2 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 219 މީޓަރ ބްރޭކްވޯޓަރ ޖެހުން، 82 މީޓަރ ރިވެޓްމެންޓް ޖެހުން، 25 މީޓަރ ގްރޮއިން ޖެހުން، އެއްގަމު ތޮށި ޖެހުން، 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 90 އަކަ މީޓަރ ރޭންޕެއް ހެދުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 19 މަގު ބައްތި ހަރުކުރުން އަދި 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ގުޅުންހުރި

ހުކުރުގައި މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާނެ!

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު: ތިން ހަފްތާގެ ތެރޭގައި 40 އިންސައްތަ މަސައްކަތް ނިންމާލައިފި
