logoEN
Sto top
ހުޅުމާލޭ އިންޖީނުގޭގައި ތެޔޮ ޓޭންކުތައް ގާއިމްކުރުމުގެ މަޝްރޫއު: ޓޭންކުތަކުގެ ފައުންޑޭޝަން ބީމް ކާސްޓިންގ މަސައްކަތް ނިމިއްޖެ

ހުޅުމާލޭ އިންޖީނުގޭގައި ތެޔޮ ޓޭންކުތައް ގާއިމްކުރުމުގެ މަޝްރޫއު: ޓޭންކުތަކުގެ ފައުންޑޭޝަން ބީމް ކާސްޓިންގ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

4/18/2025, 5:43:35 PM

# ސްޓެލްކޯ# އެމްޓީސީސީ

-

ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގޭގައި ބަހައްޓާ ތެޔޮ ރައްކާކުރާ ޓޭންކުތައް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލެ ޕަވަ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ ހުޅުމާލެ ޕަވަހައުސް އެނެކްސް ދޭއްގައި ބަހައްޓާ 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކުތައް ގާއިމްކުރުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ މި ޓޭންކުތަކުގެ ފައުންޑޭޝަން ބީމް ކާސްޓިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޓޭންކުތައް ފެބްރިކޭޓް ކުރުމާއި ގްރައުންޑް ސްލެބް ކާސްޓިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމާއި އެކު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރެވި، ސްޓެލްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުންފުންޏަށް އޮންނަ އިތުބާރު ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside