logoEN
Sto top
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު: ތިން ހަފްތާގެ ތެރޭގައި 40 އިންސައްތަ މަސައްކަތް ނިންމާލައިފި

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު: ތިން ހަފްތާގެ ތެރޭގައި 40 އިންސައްތަ މަސައްކަތް ނިންމާލައިފި

އަހުމަދު ޝުރާއު

logo

4/20/2025, 3:42:09 PM

# އެމްޓީސީސީ

--

ކ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތާއި މަޝްރޫއު ކުރިޔަށްދާގޮތުގެ ބައެއް ފޮޓޯތައް އާންމުކޮށްފައި އެވެ. އެގޮތުން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށާއި މުޅި މަޝްރޫއުގެ 40 އިންސައްތަ މިސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ ތެރޭގައި އެވެ. ނަމަވެސް ކުރީ ސަރުކާރުގައި ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔަ ނަމަވެސް އެމްޓީސީސީން ވަނީ މިމަހުގެ ކުރީކޮޅު މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައި އެވެ.

View post on Twitter

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ 89.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside