
އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ
# އެމްޓީސީސީ--
ރ އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީން މިއަދު ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ދަނީ ރިވެޓްމެންޓުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރިވެޓްމެންޓު ޕްރޮފައިލިންގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ.
މުޅި މަޝްރޫއުގެ 64 އިންސައްތަ މިހާރު ވަނީ ފުރިހަމަކޮށްފައި އެވެ.
މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލި މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރ.އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށްށެވެ.
ގުޅުންހުރި

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު: ތިން ހަފްތާގެ ތެރޭގައި 40 އިންސައްތަ މަސައްކަތް ނިންމާލައިފި
