
215031_3_83f713767da97b7c32dab1be36034b3bc2ae1bc5_medium
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން މިއަދާހަމައަށްވެސް ދެމި އޮތީ ވަރަށް ބަދަހިކަމާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ލީޑަރުންނާއެކު ބާއްވަވާ ބައްދަލުވުންތައް ކުރިއަށް ދޭތޯ ނޫސްވެރިއަކު ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބުދެއްވަމުން މިޢުވާން ވިދާޅުވީ، ސަރުކާރު 4 އަހަރު ފާއިތުވެގެން ދިޔައިރު، ކޯލިޝަން ދެމެހެއްޓެވިދާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސާބިތުކޮށްދެއްވާފައިވާކަމަށެވެ.
އަދި އެކި ފިކުރުތަކެއްގެ ޕާޓީތަކުން ގުޅިގެން ސިޔާސީ މަސައްކަތް ކުރާއިރު ހިޔާލު ތަފާތުވުންތަކެއް ހުންނާނެ ކަމަށާއި އެކަމަކު، މަޝްވަރާ ކޮށްގެން، އެފަދަ ކަންކަމަށް ހައްލު ހޯދާ ކަމަށެވެ. އަދި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ގުޅުން ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއުވާން ވިދާޅުވީ ކޮންމެ ދުވަހަކު ރައްޔިތުންގެ ކަންކަމުގައި ރައީސްގެ ނިންމުންތަކަކީ ކޯލިޝަނާ މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް ނޫންނަމަވެސް، ރައީސްގެ ނިންމެވުންތަކަކީ ޤައުމަށް އެންމެ ފައިދާވާނެގޮތަށް ނިންމަވާ ނިންމުންތަކެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާ ގުޅުންހުރި އެތައް ނިންމެވުމެއް ކޮންމެ ދުވަހަކުވެސް ނިންމަވާކަން ފާހަގަކުރައްވާ މިޢުވާން ވިދާޅުވީ، ބޮޑެތި ނިންމުންތައް ނިންމަވާއިރު ކޯލިޝަނުގެ ލަފާވެސް އެމަނިކުފާނު ހޯއްދަވާކަމަށެވެ.
2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދެވި ކޯލިޝަން ސަރުކާރަކާއެކުއެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްދީޕީގެ އިތުރުން އަދާލަތު ޕާޓީއާއި، އެމްއާރްއެމްއާއި، ޖުމްހޫރީ ޕާޓީއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ވަނީ ކޯލިޝަން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ސަރުކާރެއްގައި މިހާތަަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ސަރުކާރުވެސް މެއެވެ.
ގުޅުންހުރި

ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި - ސަރުކާރު

ރައީސް ސޯލިހް ގެންދަވަނީ ކޯލިޝަންގެ އެއްބަސްވުމަށް އަމަލުކުރައްވަމުން - ސަރުކާރު

މި ސަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރޭ - ޤާސިމް
