
_MTU6379
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ކުރާ މަސައްކަތަކީ ވަރަށް "ހަޑި މުޑުދާރު" އަމަލުތަކެއްގެ ގޮތުގައި އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފިއެވެ.

ކޯލިޝަން ލީޑަރެއްގެ ހައިސިއްޔަތުން މިހާރު ހިނގަމުންދާ ކަންކަމާ މެދު ދެކިވަޑައިގަންނަވާ ގޮތަކާ މެދު ރާއްޖޭގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ ރައީސްގެ މަސައްކަތްތަކަށް ހުރަސް އަޅަން އެމްޑިޕީގެ ތެރެއިން ކުރަނީ ބަލައިނުގަނެވޭނެ ކަމެއް ކަމަށެވެ.
"ރައީސް އަށް ޖެއްސުންކުރަން އެމްޑީޕީގެ ތެރެއިން ކުރަނީ ހަޑި މުޑުދާރު އަމަލެއް" ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް ވިދާޅުވިއެވެ.
މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވަނީ ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ރައީސް ސޯލިހުއަށް ހުށަހެޅުއްވުމަށެވެ.
ގަރާރު ފާސްކުރަން ވޯޓުދިނީ "ނަޝީދު ފެކްޝަން" ގެ މެންބަރުން އެކަންޏެވެ. އެ ބައްދަލުވުމުގައި "ރައީސް ފެކްޝަން" އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ގަރާރާ ގުޅޭ ގޮތުންވެސް ރައީސް އަދި މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ.
ގުޅުންހުރި

ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި - ސަރުކާރު

ރައީސް ސޯލިހް ގެންދަވަނީ ކޯލިޝަންގެ އެއްބަސްވުމަށް އަމަލުކުރައްވަމުން - ސަރުކާރު

މި ސަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރޭ - ޤާސިމް
