
ރައީސް ސޯލިހް ގެންދަވަނީ ކޯލިޝަންގެ އެއްބަސްވުމަށް އަމަލުކުރައްވަމުން - ސަރުކާރު
# ސަރުކާރު ކޯލިޝަންbig_ZIJ6ve92Y75zAQCJBPjuJOoSZ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންދަވަނީ ވެރިކަމަށް އަންނަން އެކުލަވާލި ކޯލިޝަން އެއްބަސްވުމަށް އަމަލުކުރައްވަމުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ މިހަފްތާގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޤާސިމް އިބްރާހިމް ކޯލިޝަން އެއްބަސްވުމާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ޤާސިމް ވަނީ މި ކޯލިޝަނުން އެއްބަސްވި ކަންކަމުގެ މިހާތަނަށް ފުރިހަމަކުރެވުނު އިންސައްތައަކީ 10 އިންސައްތަކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެންދަވަނީ ކޯލިޝަން އެއްބަސްވުމަށް އަމަލުކުރައްވަމުން ކަމަށާއި ރައީސް އެ އެއްބަސްވުމަށް ވަރަށް އިހްތިރާމް ކުރާ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ބަރާބަރަށް މަޝްވަރާތަށްވެސް ކުރިޔަށް ދާކަމަށެވެ.
ޤާސިމް ދެއްކެވި ވާހަކައަށް އަލި އަޅުވަމުން މިއުވާން ވިދާޅުވީ ޤާސިމް ނުވާކަމަށް އެވިދާޅުވާ ކަންކަން ވަކިވަކިން އޮޅުންފިލުއްވައި ދީފި ނަމަ އެކަމަށްވެސް ސަރުކާރުން ޖަވާބުދެއްވާނެ ކަމަށެވެ. އަދި ވަކި ކޮންކަމެއްކަން ނޭގި ސީދާ އެވިދާޅުވާ ކަންކަމަށް ކޮމެންޓެއް ދެވެން ނެތް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލިީޑަރު ޤާސިމް ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވިދާޅުވީ، ކޯލިޝަނަކާ ނުލައި، ވެރިކަމަށް އާދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ކޯލިޝަނަކާއެކުގައި ވެރިކަމަށް އާދެވުމުން ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ އެއްފަަދަ ކަމަށެވެ. އަދި އަދުގެ ސަރުކާރަށް ނިސްބަތްކޮށްވެސް ޤާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް މިސަރުކާރުން މިހާތަނަށް އަމަލު ނުކުރާ ކަމަށެވެ. އެގޮތުން ޤާސިމް ވިދާޅުވީ މިހާތަނަށް ފުރިހަމަ ވެފައިވަނި އެއްބަސްވުމުގައިވާ އެންމެ 10 އިންސައްތައިގެ ކަންކަންކަމަށެވެ.
ގުޅުންހުރި

ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި - ސަރުކާރު

ރައީސް ސޯލިހް ގެންދަވަނީ ކޯލިޝަންގެ އެއްބަސްވުމަށް އަމަލުކުރައްވަމުން - ސަރުކާރު

މި ސަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރޭ - ޤާސިމް
