
މި ސަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރޭ - ޤާސިމް
# ޤާސިމް އިބްރާހީމް# ރައީސް އިބްރާހިމް މުހައްމަދު ސާލިހް# ސަރުކާރު ކޯލިޝަންlarge_154134908521iJRc
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރާ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ރާއްޖެޓީވީގެ " ފަށާއިރު " ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ޖުމްހޫރީ ޕާޓީގެ ލިީޑަރު ޤާސިމް ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ގާސިމް މިއަދު ވިދާޅުވީ، ކޯލިޝަނަކާ ނުލައި، ވެރިކަމަށް އާދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ކޯލިޝަނަކާއެކުގައި ވެރިކަމަށް އާދެވުމުން ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ އެއްފަަދަ ކަމަށެވެ. އަދި އަދުގެ ސަރުކާރަށް ނިސްބަތްކޮށްވެސް ޤާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް މިސަރުކާރުން މިހާތަނަށް އަމަލު ނުކުރާ ކަމަށެވެ. އެގޮތުން ޤާސިމް ވިދާޅުވީ މިހާތަނަށް ފުރިހަމަ ވެފައިވަނި އެއްބަސްވުމުގައިވާ އެންމެ 10 އިންސައްތައިގެ ކަންކަންކަމަށެވެ.
"ސަރުކާރުން އަދި އެމްޑީޕީއަކުން ނުވެއް ބުނޭ ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތެކޭއެއް. އެކަމަކު ހަގީގަތަކީ އެ އެއްބަސްވެފައި އެހުރި އެއްބަސްވުމާ ގާތަކަށްވެސް 90 ޕަސަންޓްވެސް އޮތީ ފުލްފިލްނުވެ، ދިހަ ޕަސަންޓް އޮތީ ފުލްފިލްވެފައި" ގާސިމް ވިދާޅުވިއެވެ.
2008 ވަނަ އަހަރަށްފަހު އައި ހުރިހާ ސަރުކާރެއްވެސް ގެނައުމަށް މަސައްކަތްކޮށް ކޯލިޝަން ހެއްދެވި ޤާސިމް ވިދާޅުވީ އެހެން ކޯލިޝަންތަކާއި ރައީސް ސޯލިހްގެ ސަރުކާރާއި އެކު ހެދުނު ކޯލިޝަން ރަނގަޅު ކަމަށާއި އެކަމުގެ ކްރެޑިޓް ހައްޤީ ރައީސް ސޯލިހަށް ކަމަށެވެ.
ގުޅުންހުރި

ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި - ސަރުކާރު

ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ދިވެހިން ނޭދޭނެ - ޤާސިމް

"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
