
FiEZk-zaEAA8_1t
މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ އެއްކޮށް ސާފުކޮށް ނިންމާލައިފި އެވެ.

މި މަހުގެ 9ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހި ގެ ސާފުކޮށް ނިންމާލީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ޑިޕާޓްމަންޓުންނެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ނިޔާވި އެ އަލިފާނުގެ ހާދިސާގައި އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން އަދި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ވަނީ ނިޔާވެފަ އެވެ.
މިހާދިސާގައި ނިޔާވި އެންމެންގެ ހަށިގަނޑުތައް ވަނީ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.





