logoEN
WAMCO TOP 1
އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

# އެންޑީއެމްއޭ# ހުޅުމާލެ ފޭސް 2# އަލިފާނުގެ ހާދިސާ# ފުލުހުން

އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު- ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލެ ފޭސް 2 ގައި ހުންނަ އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ އަލިފާން ރޯވީ މި ޓަވަރުގެ 3 ވަނަ ފަންގިލިފާގެ ބީގެ އެޕާޓްމަންޓެއްގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އެ އެޕާޓްމަންޓުގައި ހުރި އެގްޒޯސްޓެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމުގެ މައުލޫމާތު މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާންގަނޑު މިހާރު ނިއްވާލައިވާއިރު، މި ހާދިސާގައި މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށެވެ.

މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ ފާހަނާގައި ހުރި އެގްޒޯސްޓުގައި ރޯވުމުގެ ސަބަބުން ސީލިންގަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެންޑީއެމްއޭ އިން ފާހަގަކުރި އެވެ.

ކޮމެންޓް
ފަހުގެ
HDC