logoEN
WAMCO TOP 1
ތިލަފުށި ވެމްކޯ ސައިޓުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ތިލަފުށި ވެމްކޯ ސައިޓުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

# އަލިފާނުގެ ހާދިސާ

-

ރޭ ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އިތުރަށް ފެތުރިގެން.ނުދާވަރަށް ކޮންޓްރޯލްކޮށްފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އިތުރަށް ފެތުރިގެން ނުދާ ވަރަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ވަނީ މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 22:20 ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ތިލަފުށީ ފަޔަރ ސްޓޭޝަނާއި، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރު އެވެ. ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔަރފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC