logoEN
WAMCO TOP 1
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

# އަލިފާނުގެ ހާދިސާ# ދިވެހި ފުލުހުންގެ ޙިދުމަތް# ހދ ހަނިމާދޫ

ފޮޓޯ: ސޯޝަލް މީޑިއާ

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ 2026 ޖުލައި 21 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ބުނެއެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC