
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިކްރާމް ސަސްޕެންޝަނަށް!
# މޯލްޑިވް ގޭސް# އަލީ އިކްރާމް# ޖިންސީ ފުރައްސާރަ294068_3_13e0a78a52fb59c155b4e7b656bfc1db8ca1cdb7_large
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑައިރެކްޓަރ އަލީ އިކްރާމް ސަސްޕެންޑުކޮށްފިއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިކްރާމް ސަސްޕެންޑުކޮށްފައިވަނީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ދެ ހަފްތާގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ ކުންފުނީގެ ބޯޑުންނެވެ.
އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އަންހެން މުވައްޒަފަށް ފޮނުވި ބައެއް މެސެޖްތައް ހިމެނެއެވެ.
އިކްރާމް ސަސްޕެންޑު ކުރި ކަމުގެ ޚަބަރުތަކެއް އިއްޔެ ވަރަށް ބޮޑަށް އާންމުވި އެވެ. ނަމަވެސް އެއީ ދޮގު މައުލޫމާތެއް ކަމަށް މީޑިއާތަކުން ވަނީ ފަހުން ރިޕޯޓުކޮށްފައިވެ އެވެ.
މިފަދަ މައްސަލައެއްގައި އޭނާ ސަސްޕެންޑު ކުރި ނަމަވެސް އިކްރާމަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
ގުޅުންހުރި
ގޭހަކަށް ނުޖެހޭނެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ- އެސްޓީއޯ

މައުމޫންގެ މައްޗަށް އުފުލި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވި!

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް!

.gif&w=3840&q=75)



