
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް!
# މޯލްޑިވް ގޭސް-
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާތައް ސާބިތވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާކަމަށް މިއަދު ނިންމީ ދެ ދައުވާއެކެވެ. މިއަދު ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ.
އޭނާގެ މައްޗަށް ސާބިތުވި ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބުދޭން ހުކުމްކުރި އިރު ދެ ދައުވާއާއިއެކު ޖުމުލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލުހުކުމެއް މައުމޫނަށް މިރޭ ވަނީ އައިސްފައި އެވެ.
މައުމޫންގެ މައްޗަށް މި ދައުވާތައް އުފުލީ މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި އޭނާ ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތު ނަގައި ހިޔާނާތްތެރިވެފައިވާ މައްސަލައިގަ އެވެ. އޭސީސީން މީގެކުރިން ބުނެފައިވަނީ މައުމޫން ރިޝްވަތުގެ ގޮތުގައި ޖުމްލަ 3,106,189.38 ނަގާފައިވާކަން ތަހްޤީޤަށް ހޯދާފައިވާ ކަމަށެވެ.
އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.
ގުޅުންހުރި

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް!

މޯލްޑިވް ގޭހުން 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރާ އަގު ހެޔޮކޮށްފި

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
