![ޔުނައިޓެޑުން ސައުތްއެމްޕްޓަން ލަދުގަންނަވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2Fvan-bisaaka.jpg&w=3840&q=75)
van bisaaka
މެންޗެސްޓާރ ޔުނައިޓެޑުން ސައުތްއެމްޕްޓަން ލަނދުގަންނަވާލާ ލީގުގެ ރެކޯޑަކާއި ހަމަކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މެޗުގައި ބޮޑުބައި ކުޅުނީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފު ފަށައިގެން މާގިނައިރެއްނުވަނީސް ސައުތްއެމްޓަން ގެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މި މެޗުގައި ޔުނައިޓެޑަށް ނުވަ ގޯލު ޖަހައިދިން ކުޅުންތެރިންނަކީ އާރޮން ވެން ބިސާކާ އައި މާކަސް ރަޝްފޯޑް އާއި އެޑިންސަން ކަވާނީ އާއި އެންތަނީ މާޝިއަލް ޖެހި ދެ ގޯލުގެ އިތުރުން ސްކޮޓް މެކްޓޮމިނޭ އާއި ބްރޫނޯ ފެނާންޑޭޒް އަދި ޑެނިއަލް ޖޭމްސް އެވެ. ދެން ޖެހި ގޯލަކީ ސައުތެމްޓަން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔުނައިޓެޑުން ވަނީ 1995 ވަނަ އަހަރު އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ކުޅުނު މެޗުގައި 9 ގޯލު ޖަހާފައެވެ. އެފަހަރު ހޯދި މޮޅަކީ ޕްރިމިއަރ ލީގުގެ ތާރީހުގައި އެންމެ ފަރަގު ބޮޑުކޮށް ޓީމެއް މޮޅުވި ފަހަރެވެ. ސައުތެމްޓަން އަތުން ރޭ ހޯދި މި މޮޅާއެކު ޔުނައިޓެޑުން މި ވަނީ އެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި އަދަދަށް ގޯލު ޖަހައިގެން ދެން ރެކޯޑު ހެދީ 2019 ގައި ލެސްޓާ ސިޓީންނެވެ. އެއީ ސައުތެމްޓަން އާޢި ވާދަކޮށެވެ.
ރޭގެ މެޗާއިއެކު ޔުނައިޓެޑުން ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ސިޓީ އަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 22 މެޗު ކުޅެގެންނެވެ. ތިން ވަނައިގައި އެންމެ ފަހު ސީޒަނުގެ ޗެމްޕިއަންސް ލިވަޕޫލް އޮތީ 21 މެޗުން 40 ޕޮއިންޓާއި އެކުގައެވެ .
އާސެނަލް ރޭ ބަލިވެފައިވަނީ 2-1 ގެ ތަފާތަކުންނެވެ. ނިކޮލަސް ޕެޕޭ 32 ވަނަ މިނިޓްގައި ޖެހި ގޯލުން އާސެނަލް ލީޑުނަގާފައިވަނިކޮށް މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އާސެނަލްގެ ޑޭވިޑް ލުއިޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. ލުއިޒަށް ރަތް ކާޑެއް ދެއްކީ އޭރިއާތެރެއިން ވުލްވްސްގެ ވިލިއަން ހޯސޭ އަށް ފައުލުކުރުމުންނެވެ. އެ ފައުލަށް ރެފްރީ ދިން ޕެނަލްޓީން ރުބެން ނެވޭސް ވަނީ ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އޭރިއާ ބޭރުން ޔާއޯ މުޓީނިއޯ ފޮނުވާލި ޝޮޓަކުން ޖެހި ގޯލުން ވުލްވްސް އިން ލީޑުނެގި އެވެ. އާސެނަލުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 72 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު ބާން ލޭނޯ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން އޭނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.