logoEN
cocacola
ފެނަކައިން މީޓަރ ޓެސްޓުކުރުމުގެ ހިދުމަތް ފަށައިފި، ގަޑި އިރަކު 75 މީޓަރު ޓެސްޓުކުރެވޭނެ!

ފެނަކައިން މީޓަރ ޓެސްޓުކުރުމުގެ ހިދުމަތް ފަށައިފި، ގަޑި އިރަކު 75 މީޓަރު ޓެސްޓުކުރެވޭނެ!

އަހުމަދު ޝުރާއު

logo

11/17/2022, 1:10:34 PM

# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

Fhv61ugakAEfCUw

ގަޑިއިރަކު 75 މީޓަރު ޓެސްޓު ކުރެވޭ ވަރުގެ ފެންވަރު ހުރި ބެންޗަކާއި އެކު ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގައި މީޓަރ ޓެސްޓު ކުރުމުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ގޮސިޔާ

މި ހިދުމަތް ފައްޓަވާ ދެއްވީ މިއަދު މި ކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދު އަދި މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ. އަދި މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ބޮޑުތިލަދުން މަތީގައިވެސް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

undefined

ފެނަކައިން މިވަގުތު ބޭނުންކުރަމުން ދަނީ ގަޑިއިރަކު 75 މީޓަރު ޓެސްޓު ކުރެވޭ ވަރުގެ ފެންވަރު ހުރި ބެންޗެއް ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ މި ބެންޗަކީ ރާއްޖޭގައި މި ލެވެލްގައި ޓެސްޓު ކުރެވޭ ހަމައެކަނި ބެންޗު ކަމަށެވެ.

"ފެނަކައިން ބޭނުންކުރާ ބެންޗަކީ ރާއްޖޭގައި މި ލެވެލްގައި ޓެސްޓު ކުރެވޭ ހަމައެކަނި ބެންޗު" ސައީދު ވިދާޅުވި އެވެ.

މި ހިދުމަތް ހޯދުމަށް ފެނަކަ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކޮށްގެން އަދި މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގެ ކައުންޓަރަށް މީޓަރު ހުށަހެޅުއްވުމުން މި ހިދުމަތް ލިބޭނެ ކަމަށް ފެނަކައިން ބުނެއެވެ. އަދި މީގެ އިތުރުން އެރަށެއްގެ ފެނަކަ އިންޖީނުގެއަށް ނުވަތަ ސައިޓަށް މީޓަރު ހިފައިގެން ދިއުމުންވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މީޓަރ ޓެސްޓްކުރުމުގެ ހިދުމަތަށް އެދޭ ފޯމް ލިބޭތާ 03-06 ގަޑިއިރުގެ ތެރޭގައި މީޓަރ ޓެސްޓްކޮށް ނިންމާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، މި ހިދުމަތް އެހެން ކުންފުނިތަކުން ނަގާ އަގާ ފެނަކައިން ނަގާ އަގުގައި ތަފާތެއް ނުހުންނާނެ ކަމަށެވެ. މީޓަރު ޓެސްޓް ކުރުމުގެ ޚިދުމަތް މިހާތަނަށް ދިނީ ސްޓެލްކޯއިން އެކަންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ