
އެއް މަސްދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮށްފި
# ސިވިލް ކޯޓު# ފެނަކަ ކޯޕަރޭޝަން ލިމިޓެޑްފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު - ފޮޓޯ: ފެނަކަ
އެއް މަސްދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާ، ކުންފުންޏަކަށް ދައްކަން ފެނަކައަށް ހުކުމްކޮށްފިއެވެ.

ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އެކި ގޮތްގޮތަށް ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ 38 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށެވެ.
އެގޮތުން މިއީ އެ ކުންފުނިން ސަޕްލައި ކޮށްދީފައިވާ ޖަނަރޭޓަރުތަކަށާއި ކޭބަލްތަކަށާއި، އެ ކުންފުނީގެ ފިހާރައަކުން ނަގާފައިވާ މުދަލަށް ފެނަކައިން އެ ފައިސާ ނުދެެއްކުމުގެ ސަބަބުން ގާނޫނީ ގޮތުން ދައްކަން ޖެހުނު ފީއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ޕަވާ އިންޖިނިއަރިން ކުންފުނިން، ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާ ބަލައިގަނެ، އެ ފައިސާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ކަމުގައި ނިންމައިފައެވެ.
ސިވިލް ކޯޓުން އިއްޔެ ވަނީ ފެނަކައަށް އެއް މަސްތެރޭ އެ ކުންފުންޏަށް އެ ފައިސާ އެއްްކޮށް ދައްކައި ނިންމުމަށް އަމުރު ކޮށްފައެވެ.
ބޮޑު ދަރަންޏެއް އޮތް ފެނަކައިން މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ބުނީ އަދިވެސް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ.
އެހެން ނަމަވެސް އޭރު އެ ކުންފުނިން ބުނީ ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރެވޭނެ ކަމަށެވެ. އެކުންފުނިން މީގެ ކުރިން ބުނީ އެންމެ ބޮޑަށް އެ ކުންފުނިން ދަރައިފައިވާނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ކަމަށެވެ.
ގުޅުންހުރި

ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ

ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޭރުގެ ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

ތިނަދުއަށް ފެން ޕްލާންޓު ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ
