logoEN
cocacola
ތިނަދުއަށް ފެން ޕްލާންޓު ހޯދީ  އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

ތިނަދުއަށް ފެން ޕްލާންޓު ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

އަހުމަދު ޝުރާއު

logo

9/14/2024, 8:04:51 AM

# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

--

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގދ. ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދި ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށްފި އެވެ.

ގޮސިޔާ

ރާއްޖޭގެ ބައެއް މިޑީއާތަކުން އިއްޔެ ވަނީ ތިނަދު އަށް ފެން ޕްލާންޓެއް ހޯދާފައިވަނީ އެމްޑަބްލިއުއެސްސީން ހުށަހެޅި އަގަށް ވުރެ ހަ މިލިއަން ރުފިޔާ ބޮޑުކޮށް އަމިއްލަ ކުންފުންޏެއްގެ އަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އާ މެނޭޖްމެންޓުން ހަވާލުވިއިރު ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ދަށްކޮށް ކަމަށާއި އެގޮތުން ކުންފުނިން ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކުގެ ތެރެއިން ކްރިޓިކަލް ހާލަތެއްގައި ހަތް ރަށެއް އޮތް ކަމަށެވެ. އެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު، ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދޭން އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައިވަނީ ތިނަދޫ އަށް ކަމަށް ފެނަކައިން ބުންޏެވެ.

އެގޮތުން ތިނަދޫން ފެނުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް އާ ފެން ޕްލާންޓެއް ހޯދުމަށް، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅި ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްްސީން އެކަމަށް 5 ހަފްތާ ހޭދަވާނެ ކަމަށާއި އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާތީ، އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އެ ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރްއެފްކިޔު (ރިކުއެސްޓް ފޯ ކުއޯޓް) ކުރެވުނު ކަމަށް ފެނަކަ އިން ބުނެ އެވެ.

މިގޮތަށް ދެ ފަހަރަށް ފުރުސަތު ދެވުމުން ވެސް އެކަމަށް އެދި ކޯޓޭޝަން ހުށައެޅީ އެންމެ ފަރާތަކުން ކަމަށާއި އެފަރާތާއެކު އެއްބަސްވުމެއް ގާއިމު ކުރުމުގެ ކުރިން، ހުށައަޅާފައިވާ އަގާއި މެދު މަޝްވަރާކޮށް އަގު ކުޑަކުރެވިފައިވާ ކަމަށް ވެސް ފެނަކައިގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫ ސިޓީއަށް ހޯދި ފެން ޕްލާންޓް ހޯދާފައި ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ފެނަކައިން ބުނެއެވެ. އަދި އެ ފެން ޕްލާންޓް ތިނަދޫ ސިޓީގައި އިންސްޓޯލް ކުރެވުމުން 600 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސިޔާސީ ފަރާތްތަކުން ރަށުތެރޭގައި ހަލަބޮލިކަން އުފެއްދުމަށާއި، ހިދުމަތަށް ބުރޫ އަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ވެސް ފެނަަކައިން ބުނެއެވެ.

ފެނަކައިން މިފަދަ ބަޔާނެއް ނެރުނު އިރު، އެޗްކިއު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީގެން ފެނަކައިން ފެން ޕްލާންޓް ގަނެފައި ވަނީ، 5 ހަފްތާ ހޭދަވި ނަމަވެސް އެމްޑަބްލިއުއެސްސީން ހުށަހެޅި 7 މިލިއަން ރުފިޔާ އަށް ވުރެ 6 މިލިއަން ރުފިޔާ ބޮޑުކޮށް ޖުމްލަ 13.6 މިލިއަން ރުފިޔާ އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ