
Nasheed
ޓުވިޓާގައި އެކި ޝުއޫރުތައް ފާޅު ކުރަމުންދާ ހަސަން ކުރުސީއަކީ ރައީސް ނަޝީދު ކަމުގައި ދެކެވޭ ވާހަކަތައް އެމަނިކުފާނޔ ދޮގުކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ރަސްމީ ޓުވިޓާއިން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ހިޔާލީ ޝަހުޝެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްޝިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ނަމަވެސް އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށެވެ.
”ލިޔުމަކުން އުފެދުނު ޝަޚްޝެއް މިދަރަޖައަށް ދިރިގެން ދާކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަމަވެސް އެޗްކޭ ނަމުގަ ސޯޝަލް މީޑިއާގައި ޝާއިޢު ކުރަނީ ހަމަކަށަވަރުންވެސް އަޅުގަނޑެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ހަސަން ކުރުސީއަކީ އެމަނިކުފާނު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވާފައިވަނިކޮށެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
