logoEN
Sto top
ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

އަހުމަދު ޝުރާއު

logo

4/5/2025, 4:02:24 PM

# ރައީސް ނަޝީދު

--

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ޑިމިކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Wamco

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަ ތަކެއްގައި އެޕާޓީއިން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ ރައީސް ނަޝީދު އެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިގެންދިޔައީ ރައީސް ނަޝީދު އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ދެބޭފުޅުން ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވި ދުވަސްވަރެވެ. ރިޔާސީ ޕްރައިމެރީ ނާކާމިޔާބުވުމާއި އެކު ރައީސް ނަޝީދު އާއި ނަޝީދުއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ޕާޓީއިން ވަކިވެ ޑޮމޮކްރެޓްސް އުފައްދަވާފައި އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެ އަށާއި އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށްވެސް އެންމެ ރަނގަޅު ގޮތަކީ ދެޕާޓީ ގުޅުން ކަމަށެވެ.

ނަޝީދު މިފަދައިން ކުއްލި ގޮތަކަށް ވިދާޅުވިއިރު ޑޮމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެމްޑީޕީއާއި އަލުން ގުޅިފައި އެވެ. އަދި ނަޝީދު ވެސް ވަނީ ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންފައި އެވެ.

ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމެރީއަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން މިހާރު ވަނީ ސިއްރު ކެމްޕެއިންތައް ފަށާފައި އެވެ. އަދި ކުރީގެ ރައީސް ސޯލިހް ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވި ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside