logoEN
Sto top
ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

އަހުމަދު ޝުރާއު

logo

6/17/2025, 11:46:29 AM

# ރައީސް ނަޝީދު

-

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި އެވެ.

Wamco

2023 ވަނަ އަހަރުގ ރިޔާސީ ޕްރައިމަރީ ތެރޭގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި ނަޝީދު އާއިއެކު އެމްޑީޕީގައި އޭރު އެންމެ އަރިސްކޮށް ތިބި މެމްބަރުން ވަނީ އެމްޑީޕީ ދޫކުރައްވާފައި އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވަނީ ފާޅުގައި އެމްޑީޕީއާއި ދެކޮޅަށް ކެނޑިޑޭޓެއް ނެރެ އެމްޑީޕީއަށް ރިޔާސީ ދެވަނަ ދައުރެއްގެ ފުރުސަތު ގެއްލުވާލާފައި އެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ ތާއީދާއިއެކުވެސް ގެނައި ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި ދެކޮޅުވެ މިހާރު އެޕާޓީން އަނެއްކާވެސް މިވަނީ އެމްޑީޕީއާއި އަލުން ގުޅެން ނިންމާފައި އެވެ. މިގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ ގުޅެން ނިންމައި މިއަދު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ޚާއްސަ ގަރާރެއް ވަނީ ފާސްކޮށްފައި އެވެ.

ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ. ޑިމޮކްރަޓްސްގައި ތިބީ ރައީސް ނަޝީދާއެކު އެމްޑީޕީން ވަކިވި މެމްބަރުންނެވެ. ގަރާރުގައި އިތުރަށް ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށް ވަރުގަދަ އޮޕޮޒިޝަނެއް އޮތުން މުހިންމު ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމި އިރު ދާދި ފަހުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައި އެވެ. އެގޮތުން އިންތިހާބުގައި ވާދަކުރުމާއި މެދު ހިޔާލު ހޯއްދެވުމަށް ނަޝީދު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ބައެއް އިސް ފަރާތްތަކަށް މެސެޖެއް ފޮނުއްވާފައި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ސިޔާސީ ހަރަކާތްތައް އަލުއް ފައްޓަވައި މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އާއި އެކު ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside