logoEN
Sto top
ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އަހުމަދު ޝުރާއު

logo

6/16/2025, 1:08:16 PM

# ރައީސް ނަޝީދު# ފައްޔާޒް އިސްމާއިލް# އެމްޑީޕީ - ޑިމޮކްރެޓްސް

-

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Wamco

ފައްޔާޒް މިފަދައިން ވިދާޅުވީ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުންނާއި އެޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެކު މިއަދު ބައިވެރިވެވަޑައިގެންނެވި ފަރިއްކޮޅަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ފައްޔާޒުގެ ޕޯސްޓުގައި ވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ދައުވަތު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައި އެވެ. އަދި އެއަށްފަހު ފައްޔާޒު ވިދާޅުވީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުބަަދަލުކޮށްލެވުނު ކަމަށާއި ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނާއި ދުރުގައި ހުންނަވާތާ އަހަރެއްހާ ދުވަހަށްފަހު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މީގެ ދެ ހަފްތާ ކުރިން ނަޝީދު ވަނީ ފާޅުކުރައްވާފައި އެވެ. އަދި ގާނާގައި ހުންނެވުމަށްފަހު ރޭ ރާއްޖެ ވަޑައިގެން ފައްޔާޒު އާއި އެކު އެމަނިކުފާނުގެ ގެކޮޅު ގ، ކެނެރީގޭގައި ވަނީ ބައްދަލުކުރައްވާފައި އެވެ. އެހެން ކަމުން މިއަދުގެ މެންދުރުގެ ބައްދަލުވުމަކީ ނަޝީދު ރާއްޖެ ވަޑައިގެންނެވިތާ 24 ގަޑިއިރގެ ތެރޭގައި ފައްޔާޒު އާއިއެކު ކުރިޔަށް ގެންދިޔަ ދެވަނަ ބައްދަލުވުމެވެ.

ނަޝީދާއި ފައްޔާޒު ބައްދަލުކުރައްވާފައި މިވަނީ އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside